logo
banner image

ވަޒީރު ޢާއިޝަތު ޝިހާމް ލ. ގަމު ބަށި މެޗު ޝަރަފުވެރިކޮށްދެއްވައިފި

ލ. ގަމުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ކުރިއަށްދާ ޢީދު ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ބަށި މެޗު، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ، ޢާއިޝަތު ޝިހާމް ޝަރަފުވެރިކޮށްދެއްވައިފި އެވެ. ސަރުކާރުން މި ފަހަރު އަޟްޙާ ޢީދު ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ލ. ގަމުގައި މިއަދު ހަވީރު މި ބަށި މެޗު ކުރިއަށްދިޔައީ އެ ރަށު އާބާދު ކޮމިޓީން އިންތިޒާމުކޮށްގެން ރަށުގެ އާބާދު، ކުޅޭ ބިން ސަރަހައްދުގަ އެވެ. ވަޒީރު ވަނީ މި މެޗު ބައްލަވާލައްވައި، މެޗުގައި ބައިވެރިވި ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.

މިއަދު ހަވީރު އެ ރަށުގައި ތިންމުގޯލި މުބާރާތެއް ވެސް ބާއްވާފައިވެ އެވެ. މި މުބާރާތް ބާއްވާފައި ވަނީ މަތިމަރަދޫ ޢީދު ކޮމިޓީން އިންތިޒާމުކޮށްގެން އެ އަވަށު ސްޓޭޖު ސަރަހައްދުގަ އެވެ.

މި އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރުތައް ޝަރަފުވެރިކޮށްދެއްވުމަށް އެ ރަށަށް ވަޑައިގަތް، ވަޒީރު ޢާޢިޝަތު ޝިހާމްގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނި މިރޭ އެވެ.