logo
banner image

ގުރައިދޫ ޢީދު ކުޅިވަރުތައް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައްލަވާލައްވައިފި.

ކ. ގުރައިދޫގައި މިއަދު ކުރިޔަށް ދިޔަ ޢީދު ޢީދު ކުޅިވަރުތައް މި ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައްލަވާލައްވައިފި އެވެ. އެ ރަށުގެ ޢީދު ކުޅިވަރުތައް ކުރިއަށްދިޔައީ މިއަދު ހެނދުނު ރަށު އަތިރިމަތީގަ އެވެ. ދެ ޖިންސު ވަކިން އެކި ޓީމުތަކަށް ބަހާލައިގެން މިއަދު ވަނީ ވާ ދެމުމާއި، ފައިގަތަޅާ މުބާރާތްތައް ބާއްވާފަ އެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ އެ ސަރަހައްދަށް ވަޑައިގެން، ޢީދު ކުޅިވަރުތައް ބައްލަވާލައްވާފަ އެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ރިޟާ ބައިވެރިވެވަޑައިގެންނެވި އެވެ.

ވަޒީރު ވަނީ މިއަދު ކުރިއަށްދިޔަ ޢީދު ކުޅިވަރުތަކުގައި ވަނަ ލިބުނު ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.