ކެލާގެ ޢީދު މަހާސަމާ 1446 ޝަރަފުވެރިކޮށްދެއްވިކަމުގެ ހަނދާނީ ފިލާ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުالله ނާޡިމް އިބްރާހީމަށް އަރުވައިފި.
1446 ވަނަ އަހަރުގެ ބޮޑު ޢީދުގައި ހއ. ކެލާގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވި ކަމަށްޓަކައި، ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުالله ނާޡިމް އިބްރާހީމަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ. މި ފިލާ ވަޒީރަށް އަރުވާފައިވަނީ ކެލާ ޔޫތު ފޯރަމްގެ ފަރާތުން ޖަމިއްޔާގެ ރައީސް އާމިރު އުސްމާން އެވެ.
ޤައުމީ ފެންވަރުގައި ތިން ރަށް ކަނޑައަޅައި ޢީދު ފަދަ އިޙްތިފާލުތައް ކުލަގަދަ ކޮށް ފާހަގަކުރުމުގެ އަމާޒުގެ ދަށުން މި ފަހަރުގެ ބޮޑު ޢީދުގައި ވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެ އަދި ދެކުނު ހިމެނޭހެން ތިން ރަށެއްގައި ޤައުމީ ފެންވަރުގައި ދަނީ ޢީދުގެ ހަރަކާތްތައް ފޯރިއާ އެކު ހިންގަމުންނެވެ. އެގޮތުން ހއ. ކެލައަކީ ރާއްޖޭގެ އުތުރުން ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރުމަށް ހޮވުނު ރަށެވެ.
ޢީދުގެ ހަރަކާތްތައް މި ރަށުގައި ފެށިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އޮތް ވެދުމާއި ދިޔުމުގެ ހަރަކާތުންނެވެ. އަދި އޭގެ ފަހުން ބޮޑުބެރާއި ޢީދު ހުޅު އަދި ހަވާ ވެސް ވަނީ އަރުވާފައެވެ. މި ހަރަކާތް ކުރިއަށް ދިޔަ ސަރަހައްދަށް ވަޑައިގެން އެހަރަކާތް ޝަރަފުވެރިކޮށްދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުއްالله ނާޡިމް އިބްރާހީމެވެ.
ވަޅު ޢީދު ދުވަހަށް ވެސް ރާވާފައިވަނީ ގިނަ ސަގާފީ ކަންކަން ކަމުގައި ހަރަކާތްތައް ކެލާ ކައުންސިލް އާއި ގުޅިގެން އިންތިޒާމް ކުރާ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.