logo
banner image

އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ކ. ގުރައިދުއަށް

1446ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެ ރަށަށް ވަޑައިގެންފި އެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ. ބަނދަރުމަތިން އެމަނިކުފާނަށް ރައްޔިތުންގެ މަޖްލީސްގެ މާފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ރިޟާ އާދަމް، ރަށު ކައުންސިލާއި ރަށުގެ ގިނަ ބަޔަކު ނިކުމެ މަރުހަބާ ދަންނަވާފައިވެ އެވެ.

މި އަހަރު އަޟްޙާ ޢީދު ސަރުކާރުން ތިން ރަށެއްގައި ފާހަގަކުރާއިރު، މާލެ އާ އެންމެ ކައިރިން ފާހަގަކުރާ ރަށާކީ ގުރައިދުއެވެ. އެގޮތުން ގުރައިދޫގައި ވެސް ޢީދާ ގުޅިގެން ގިނަ ސަގާފީ ހަރަކާތްތަކެއް ތައްޔާރުވަމުން އަންނަ އިރު، މިރޭ އެ ރަށުގައި ވެދުމާ ދިއުމާއި، ޢީދު މަޅި ލުން ކުރިއަށްގެންދާނެއެވެ.

ގުރައިދޫ ޢީދު ފާހަގަކުރުމަށް ބާއްވާ ކުލަގަދަ ހަރަކާތްތަކުގައި ވަޒީރު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ކޯޑި ކެނޑުމާއި، ސަގާފީ ހަރަކާތްތަކާއި ޢީދު ޝޯތަކުގެ އިތުރަށް ހަވާ އެރުވުން ވެސް ކުރިއަށްދާނެއެވެ.

މި ހަރަކާތްތައް ޕީއެސްއެމުން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.