އައި.އެލް.އޯގެ ބައިނަލްއަޤްވާމީ ކޮންފަރަންސްގައި މިނިސްޓަރ ޑރ.ޢަލީ ހައިދަރު ބައިވެރިވެވަޑައިގަންނަވައިފި
އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައ.އެލް.އޯ)ގެ ފަރާތުން ސުވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްގެންދާ ކޮންފަރަންސްގައި މިނިސްޓަރ ޑރ.ޢަލީ ހައިދަރު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
މި ޖޫން މަހުގެ 2 ކުން 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރަންސަކީ ޖުމްލަ 187 ޤައުމެއްގެ މެމްބަރުން ބައިވެރިވާ ކޮންފަރަންސެކެވެ. މި ކޮންފަރަންސްގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤަވާޢިދުތަކާއި އުޞޫލުތައް ކަނޑައެޅުމުގެ އިތުރުން މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ ޑރ. ޢަލީ ހައިދަރު ސުވިޒަލޭންޑައަށް ކުރެއްވި މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ސަޢުދީ އަރަބިޔާގެ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް އެފެއާރޒް، ޑރ. ތާރިގް ޢަބްދުލްއަޒީޒް އަލްހަމްދު ފަދަ އެކި ޤައުމުތަކުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ބައްދަލުކުރައްވައިފައެވެ. މިދަފަ ބައްދަލުވުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ޤައުމުތަކާއި ގުޅުން ބަދަހިވެ، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތައް ފަހިކޮއްދިނުމަށް މަގުފަހިވެގެންދާނެއެވެ.