logo
banner image
ދިފާޢީ ވުޒާރާ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަމު ކައުންސިލުން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ.ގަން ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

ޖޫން 1ވަނަ ދުވަހުގެ ހަވީރު ލ.ގަން ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ ސްޓޯލްތައް ބަހައްޓައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދިން ބައެއް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި، ފޮޓޯ ސްޓޭޝަންތަކާއި، ފަޔަރ ވެހިކަލަށް އެރުމުގެ ފުރުޞަތު ހިމެނެއެވެ.

މި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސެންޓްރަލް ކޮމާންޑުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.