logo
banner image

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފޮތް މައުރަޒެއް ފަށައިފި

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފޮތް މައުރަޒެއް ފަށައިފިއެވެ.

"ކުޑަކުދިންގެ ބުކްފެސްޓް 2025"ގެ ނަމުގައި ބާއްވާ މި މައުރަޒަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދަގަތަ ޕަބްލިޝާސް އާއި ކޮއްކޮމެން ޕްރީ ސްކޫލު ގުޅިގެން ބާއްވާ ފޮތް މައުރަޒެކެވެ.

ތަފާތު އެކި ވައްްތަރުތަކުގެ ފޮތްތައް މި މައުރަޒުގައި ލިބޭން އެބަ ހުއްޓެވެ. މިއީ ކުދީންގެ ހިތްތަކުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށާއި އެކި ވައްތަރުގެ ފޮތްތައް އެއްތަނަކުން އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބާއްވާ ފޮތް މައުރަޒެކެވެ.

މި މައުރަޒު ހުޅުވިފައި ހުންނާނީ މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ މެންދުރު 13:30އިން 15:00އަށް، ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00 އިން 22:45އަށެެވެ. ބުދަ ދުވަހަކީ މަޢުރަޒުގެ އެންމެ ފަހު ދުވަހެވެ.