logo
banner image

ބޮޑު ޖަމާޢަތުގައި ހަތަރު ސަރަހައްދެއްގައްޔާއި އަދި އިތުރު 24 މިސްކިތެއްގައި ޢީދު ނަމާދުކުރާނެ

1446ވަނަ އަހަރުގެ އަޟުޙާ ޢީދު ނަމާދު، މާލޭ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާ ތަންތަނުގެ އިތުރަށް، މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި ޢިދުނަމާދުކުރާ ގޮތަށް ހަމަޖައްސަވައިފިއެވެ.

1446ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހަކީ، 2025 ޖޫން 06 ވާ ހުކުރު ދުވަހެވެ.

މާލޭ ސަރަޙައްދުގައި، އަޟުޙާ ޢީދު ނަމާދުކުރުމަށް ޓަކައި، އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވަކި މިސްކިތްތަކަކާއި މައިދާންތަކެއް ކަނޑައަޅުއްވައިފައެވެ. މާލޭ ސަރަޙައްދުގައި އަޟުޙާ ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ޓަކައި ހަތަރު މައިދާނެއް ހަމަޖައްސަވައިފައި ވެއެވެ. އެއީ މާލޭގައި މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑާއި، ހުޅުމާލޭ (ފުރަތަމަ ފިޔަވަހީގެ) ސްޓޭޑިއަމް ސަރަހައްދާއި ހުޅުމާލޭ (ދެވަނަ ފިޔަވަހީގެ) ކުރިކެޓް ސްޓޭޑިއަމް ސަރަޙައްދެވެ.

ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ހަދާން ކަނޑައެޅިފައިވާ ހަތަރު ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހުކުރު ނަމާދުކުރެވޭ ހުރިހައި މިސްކިތްތަކެއްގައި ވެސް ޢީދު ނަމާދުކުރާ ގޮތަށް ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރައްވައިފައެވެ.