ވަޒީރު ޑރ. މަރްޔަމް މާރިޔާ، ފުވައްމުކައް ސިޓީގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވައިފި
ދަނޑުވެރިކމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު، ޑރ. މާރްޔަމް މާރިޔާ ފުވައްމުލައް ސިޓީގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވާ، ދަނޑުވެރިކަމުގައި އެބޭފުޅުންގެ ހާލަތު ބައްލަވައި، މަޝްވަރާކުވައްވައިފިއެވެ.
ރަސްމީދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެން، ރޭ އެރަށުގެ ދަނދުވެރިންނާއި ވަޒީރު، ބައްދަލުކުރެއްވުމުން، ދަނޑުވެރިންވަނީ ދަނޑުވެރިކަމުގައި އެބޭފުފުޅުންނަށް ކުރިމަތިވެފައިވާ ގޮނެޖެހުންތައް ވަޒީރާއި ހިއްސާކުރައްވާފައެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ފަހަގަކުރެއްވީ ރާއްޖެގައި ކާނާގެ ޔަޤީންކަން ކަށަވަރުކުމަކީ މި ސަރުމާރު ގެ މައިގަނޑު އަމާޒެއްކަމަށެވެ. ސަބަބަކީ ކޮވިޑް ފަދަ އާލަމީ ވަބާއެއް ކުރިމަތިވިޔަސް އަހަރެމެންނަށް ކާނާ ލިބުމުގައި ދަތިނުވުންކަމަށެވެ. އަދި އެކަން ހާސިލް ކުރެވޭނީ ދަނޑުވެރިންގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ދެމެހެއްޓެނިވި، ޒަމާނީ ދަނޑުވެރިކަމެއް ޤާއިމް ކުރެވިގެންކަމަށެވެ.
މި ވުޒާރާއިން އަންނަނީ ރާއްޖޭގެ ދަނޑުވެރިންނަށް ބެނުންވާ ފަންނީ ތަމްރީންތައް ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އިތުރުގެ 3 އަތޮޅެއްގައި އަމަލީ ތަމްރީންތައް ކުރިޔަށް ގެންދެއެވެ. އޭގެ އިތުރުން ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ އައު ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކާއި ދަނޑުވެރިންނަށް މާކެޓް ހޯދާނެގޮތްތައް އަންނަނީ ބުނެދެމުންނެވެ.