ވަޒީރު ޑރ. މަރްޔަމް މާރިޔާ، ފުވައްމުލައް ސިޓީކައުންސިލާއި ބައްދަލުކުރައްވައިފި
ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ، ވަޒީރު ޑރ. މަރްޔަމް މާރިޔާ އެ އެރަށުގެ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ދަނޑުވެރިކަމުގައި ދިމާވާ ތަފަތު ގޮންޖެހުންތައް ވަނީ ވަޒީރާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ގަސްތަކަށް ޖެހޭތަފާތު ބަލިތަކާއި، މޭވާއަށް ޕެސްޓްތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މަޢުލޫމާތުވެސް ވަނީ ހިއްސާކުރައްވާފައެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް މި ވުޒާރާއާއި ގުޅިގެން ކުރެއްވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ދެމެހެއްޓެނެވި ދަނޑުވެރިކަމަށް، ޕްލޭން ކުރެވިގެން އެ ސިޓީގައި ގާއިމްކުރާ ލެބޯޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ.