ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީއަށް ބޭނުންވާ ތަކެތި ހަވާލުކުރެއްވުން
ފުވައްމުލަކު ސިޓީގައި ގާއިމްކުރާ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީ އަދި ތަމްރީނު މަރުކަޒަށް ބޭނުންވާ ބައެއް ތަކެތި އެ ސިޓީ ކައުންސިލާއި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ، ޖަޕާނުގެ އިއްޒަތްތެރި ސަފީރު އިޝިގާމީ ރުމިކޯ، ޔޫ.އެން.ޑީ.ޕީގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއާން ގާން، އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޢުގެ އިތުރުން އެކައުންސިލްގެ މުވައްޒަފުން ބައިވެރިވިއެވެ.އާއެކު،
މިއީ ދިވެހި ސަރުކާރާއި، ޖަޕާނު އަދި ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރެވޭ ތަނެކެވެ. މިތަނުން ދަނޑުވެރިކަމާއި ގުޅުހުންހުރި ތަމްރީންތައް ހިންގުމުގެ އިތުރުން، ޒަމާނީ، ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ބޭނުންވާ ކަންކަން އިންތިޒާމުވެގެންދާނެއެވެ.
މި ސަރުކާރުގެ އަމާޒަކީ ދިވެހި ދަނޑުވެރިކަން ދެމެހެއްޓެނެވި ގޮތުގައި ތަރައްޤީކޮށް، ކާނާގެ ޔަޤީކަން އިތުރުކުރުމެވެ.