ޔޫ.އެން.ޑީ.ޕީގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ ޕްރެޒެންޓޭޝަނުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑާއިނެވުން
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޔޫ.އެން.ޑީ.ޕީގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ ޕްރެޒެންޓޭޝަނުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނަވައިފިއެވެ.
މި ޕްރެޒެންޓޭޝަން ހުށަހެޅީ ޔޫ.އެން.ޑީ.ޕީ އާއި ވިމެން އިން ފުވައްމުލައް (ޑަބްލިޔު.އައި.އެފް) ގުޅިގެންނެވެ.
މި ޕްރެޒެންޓޭޝަނުގައި ފާހަގަކުރެވުނީ ޔޫ.އެން.ޑީ.ޕީ އާއި ޖީ.އީ.އެފްގެ އެހީތެރިކަމާއެކު ފުވައްމުލަކުގައި ކުރިއަށްދާ ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކެވެ.
ފުވައްމުލަކު މުޖުތަމަޢުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތްތަކުން ދައްކުވައިދެނީ އަޅުގަނޑުމެންގެ ޤައުމީ ތަޞައްވުރާ އެއްގޮތަށް، އެކުލެވޭ، ބާރުވެރިކުރުވާ އަދި ތިމާވެއްޓަށް ހޭލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ހިންގޭ އަމަލީ އަދި ނަތީޖާ ހާސިލުކުރެވޭ ހައްލުތަކެކެވެ.
އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތްކުރުމަކީ ދުރު ރާސްތާގައި ކާނާގެ ޔަޤީކަން އިތުރުކުރުމަށާއި، ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.