ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޒީރު ޒިޔާރަތް ކުރައްވައިފި
ހުޅުމާލޭ ސެންޓަރަލް ޕާކުގައި މިހާރު ކުރިޔަށްދާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ޒިޔާރަތްކުރައްވައިފިއެވެ.
އެކަމަނާގެ މި ޒިޔާރަތުގައި މައުރަޒުގައި ބައިވެރިވި ހުނަރުވެރި ދިވެހި އުފެއްދުންތައް ބައްލަވައިލައްވައި، އެތަކެތި ތައްޔާރު ކުރެއްވި ބޭފުޅުންނާއި ބައްދަލުކުރައްވާ، އެބޭފުޅުންނަށް ތަޙްނިޔާ ދަންނަވައި، އެބޭފުޅުން ކޮށްފައިވާ ބުރަ މަސަކަތްތަކާއި ހުނަރުވެރިކަމަށް ތައުރީފް ކުރެއްވެވިއެވެ.