logo
banner image

”އޮފީސް އެޓިކެޓް“ގެ ނަމުގައި އިންހައުސް ޓްރޭނިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ. މިއީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މުވައްޒަފުންގެ ތެރެއިން ޖީ.އެސް 3 އިން އީ.އެކްސް 1 ރޭންކްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.

ވަޒީފާގެ މާޙައުލުގައި ކަންތައްކުރަންވީ ގޮތް ދަސްކޮށްދެއްވުމަށް މިއަދު ހެނދުނު ބޭއްވި މި ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފެވެ.

މިއަދު ބޭއްވި މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި މި ފަދަ އިންހައުސް ޕްރޮގްރާމްތައް ގިނަގިނައިން ރާވައި ހިންގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.