logo
banner image

ސަރުކާރު އޮފީތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން މިހާރު ކުރިޔަށްގެންދާ ފުޓްސަލް މުބާރާތުގައި ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވޮލޮޕްމަންޓް ގެ ޓީމު(ހެސްކުލަބު) އެޓީމުގެ ފުރަތަމަ މެޗުން 2-2 ން އެއްވަރުވެއްޖެއެވެ.

މިއަދު ހަވީރު ހުޅުމާލޭގައި ކުޅުނު މި މެޗްގައި ހެސް ކުލަބު ނިކުތީ ކުލަބު އެންޑީއޭ އާއި ދެކޮޅަށެވެ.

މި މެޗްހެ ފުރަތަމަ ހާފް ގައި ބޯޅަ ކޮންޓްރޯލްކޮށްގެން ގިނަވަގުތު ކުޅެމުންދިޔައީ ހެސް ކުލަބުންނެވެ. އެގޮތުން ގޯލްޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކޮސް އެންޑީއެމްގެ ކޯލަށް ބާރުބޮޑު ކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ ފުރަތަމަ ހާފް ގައި 2 ގޯލް ޖެހިއެވެ.މި ގޯލްތައް ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޒީ ނަންބަރު 8 މަލާޒް އަދި 17 ނަންބަރ މައުތޫފް އެވެ.

ދެވަނަ ހާފްގެ ކުރިކޮޅުގައި ވެސް ފުރަތަމަ ހާފްއެކޭ އެއްގޮތަށް ގިނަ ފުރުސަތުތަކެއް ހެސް ކުލަބުން ތަނަވަސް ކުރި ނަމަވެސް ގޯލެއްޖެހޭ ގޮތެއް ނުވިއެވެ. އެންޑީއޭ އިން މެޗްގެ ނަތީޖާ އެއްވަރުކުރީ ފަހު ހާފްގެ ފަހު ވަގުތުކޮޅުތެރޭގައެވެ.

މި މުބާރާތުގައި ހެސް ކުލަބު ގެ ދެވަނަ މެޗްގައި އާދިއްތަ ދުވަހުގެ ރޭ ނިކުންނާނީ ޓްރޭޑް ކުލަބާއި ދެކޮޅަށެވެ.