logo
banner image

ށ އަތޮޅު ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ށ އަތޮޅު ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. އަލަށް ޚިދުމަތް ފެށުނު 10 އޭޓީއެމް އާއި އެކު ށ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް މިހާރު ލިބިގެންދާނެއެވެ.  

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން ދ އަތޮޅާއި، ހއ އަތޮޅާއި، ނ އަތޮޅާއި، މ އަތޮޅާއި އަދި ކ އަތޮޅަށް ފަހު ށ އަތޮޅު މިއީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުރިހަމަ ކުރެވުން 6 ވަނަ އަތޮޅެވެ. 

2025 ގެ ނިޔަލަށް ބީއެމްއެލް އިން ބަހައްޓާ 103 އޭޓީއެމްގެ އިތުރަށް މޯލްޑިވްސް އިސްލާމިކް ބޭންކް އިންވެސް 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޑިސެމްބަރ 2025 ގެ ނިޔަލަށް މިމަޝްރޫޢުގެ ދަށުން ޖުމްލަ 122 އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.