logo
banner image

މ އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

މ އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅުތަކާއި އެއްގޮތަށް މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން މ. ދިއްގަރު، މަޑުއްވަރީ، ރަތްމަންދޫ، ވޭވަށް، ނާލާފުށި، މުލައް، އަދި ކޮޅުފުށީގައި ވެސް ވަނީ މި ޚިދުމަތް ފަށާފައެވެ. އަލަށް ޚިދުމަތް ފެށުނު ހަތް ރަށާއެކު މ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް މިހާރު ލިބިގެންދާނެއެވެ. މިއީ ދ، ހއ، އަދި ނ.އަތޮޅަށް ފަހު އޭޓީއެމްގެ ޚިދުމަތް ފުރިހަމަ ކުރެވުނު ހަތަރުވަނަ އަތޮޅެވެ.  

2025 ގެ ނިޔަލަށް ބީއެމްއެލް އިން ބަހައްޓާ 103 އޭޓީއެމްގެ އިތުރަށް މޯލްޑިވްސް އިސްލާމިކް ބޭންކް އިންވެސް 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޑިސެމްބަރ 2025 ގެ ނިޔަލަށް މިމަޝްރޫޢުގެ ދަށުން ޖުމްލަ 122 އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.