logo
banner image

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިންވަނަ ބުުރުގެ އިމްތިހާން ފަށައިފި

'ޒުވާން ޚަޠީބުން' ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވި ފަރާތްތަކުގެ އިމްތިހާނު މާލޭގައި ފަށައިފިއެވެ.

'ޒުވާން ޚަޠީބުން' ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ޓަކައި 338 ޒުވާނަކު ވަނީ ފޯމު ހުށައަަޅައިފައެވެ. މީގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 269 ޒުވާނެކެވެ. މި އިމްތިހާނުން ފާސްވާ ބައިވެރީންނަށް ސަނަދުދިނުމުގެ ކުރީން ޚާއްސަ ތަމްރީނުތަކެއް ދެވޭނެއެވެ. މި ތަމްރީނުތައް ދެއްވާނީ ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރީންނެވެ.

'ޒުވާން ޚަޠީބުން' ޕްރޮގްރާމަކީ ގްރޭޑް 10، 11، 12 މި ކުލާސްތަކުގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ ޕްރޮގްރާމެކެވެ.