"މައިހުޅުމާލެ" ބީޗް ފެސްޓުގެ އިނާމްދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، "އެޗްޑީސީ" އިން ކުރިއަށްގެންދިޔަ "މައިހުޅުމާލެ" ބީޗް ފެސްޓުގެ އިނާމްދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ތިން ކުޅިވަރެއް ހިމެނޭހެން ކުރިއަށްދިޔަ މި ބީޗް ފެސްޓިވަލްގައި ކުޅިވަރުގެ ހަރަކާތްތަކާއި، ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހަރަކާތްތަކެއްވެސް ކުރިއަށްދިޔައެވެ.
ކުޅިވަރު ވަޒީރު ވަނީ ބީޗް ހޭންޑްބޯޅަ، ބީޗް ވޮލީބޯޅަ އަދި ބީޗް ފުޓްބޯޅައިގެ ވަނަތަކަށް ހޮވުނު ޓީމްތަކަށް އިނާމް ހަވާލްކޮށްދެއްވާފައެވެ. މި ކުޅިވަރުތަކުގެ އިތުރުން ކެނޯ ދުއްވުމާއި، ވާދެމުން އަދި ސަގާފީ ހަރަކާތްތަކެއްވެސް ކުރިއަށްދިޔައެވެ.
އެޗުޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ބަޔަކަށް ހަދައި، ސަގާފަތާއި އިތުމާޢީ ކަންކަމުގައި ހަރަކާތްތެރި ބަޔަކަށް ހެދުމެވެ.