"ކިޑްސް އެތުލެޓިކްސް ޑޭ" ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ތޮލާލް ބައިވެރިވެވަޑައިގަންނަވައިފި
ކުޑަކުދިންގެ ދުވަހާއި ކިޑްސް އެތުލެޓިކްސް ޑޭ ފާހަގަކުރަން ކުރިއަށްދިޔަ ހަރަކާތްތައް ނިންމާލުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ތޮލާލް ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ކުލަބު ރޭސާސް އިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ޔުނިސެފް އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި "ކިޑްސް އެތުލެޓިކްސް ޑޭ"ގެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދިޔަ މި ހަރަކާތުގައި ތުއްތު ކުދިން ޝައުގުވެރިވާ ކަހަލަ އެކި ކުޅިވަރުތައް ބޭއްވިއެވެ. އޭގެތެރޭގައި ދުވުމާއި، ބޯޅަ އެއްލުމާއި ބޯޅަ ހޮވުން އަދި ރިލޭ މެޗެއް ހިމެނެއެވެ.
މި ހަރަކާތްތައް ނިންމާލުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް މެޑަލް ހަވާލުކޮށްދިނުމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް ބައިވެރިވެވަޑިގެންނެވިއެވެ.