logo
banner image

ފިޝަރީޒް ރިކްރިއޭޝަން ކްލަބުން "މައި ހުޅުމާލެ" މަސްރޭހުގައި ބައިވެރިވެއްޖެ

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ "މައި ހުޅުމާލެ" މަސްރޭސް މިއަދު ވަނީ ފަށައިފައެވެ.

މި މަސްރޭސް ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މަސްރޭސް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމެވެ.

މި އަހަރުގެ މަސްރޭހުގައި ޖުމްލަ 64 ޓީމު ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ވުޒާރާތަކާއި އަދި ޖަމްއިއްޔާ ޖަމާއަތްތަކުގެ ޓީމުތައް ހިމެނެއެވެ. ފިޝަރީޒް ރިކްރިއޭޝަން ކްލަބަކީވެސް މި މަސްރޭހުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެއް ފަރާތެވެ.

ފިޝަރީޒް ރިކްރިއޭޝަން ކްލަބުން މި މަސްރޭހުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިފަދަ ހަރަކާތްތަކުގައި ފިޝަރީޒްއިން ބައިވެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ކްލަބުން ފާހަގަކުރެއެވެ. އެއީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، އެކުވެރިކަން އާލާކުރުމަށްޓަކައެވެ.

ހުޅުމާލޭގެ ތަރައްޤީއާއި ކުރިއެރުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ މި މަސްރޭހަކީ ހުޅުމާލޭގެ މުޖުތަމައު އެއްބައިވަންތަކަން އިތުރުކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ހަރަކާތެއް ކަމަށް ބެލެވެއެވެ.