logo
banner image

ޔޫތު މިނިސްޓްރީން ބޭއްވި “އޯޕަން ޑޭ 2025"  އަށް ބޮޑު ތަރުހީބެއް!

ޔޫތު މިނިސްޓްރީގެ "އޯޕަން ޑޭ 2025" ކާމިޔާބު ކަމާ އެކު ނިންމަލައިފިއެވެ.

ހުރިހާ އުމުރުފުރާއަކަށް ވެސް ހާއްސަކޮށް ބޭއްވި މި އެވެންޓަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު މި އިވެންޓު ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައި އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

މިނިސްޓްރީގެ އެކި އެކި ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ޒުވާނުންނަށް ލިބޭ ހިދުމަތްތަކުގެ މައުލޫމާތު މި އިވެންޓުގައި ވަނީ ފޯރުކޮށްދީފައެވެ. އަދި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް މިނިސްޓްރީގެ ޑިޕާޓްމަންޓުތަކުން ވެސް ވަނީ ފޯރުކޮށްދީފައެވެ.

މި އިވެންޓުގައި ހަވީރު ކުޑަކުދިންނަށް ހާއްސަކޮށް އެކި ހަރަކާތަތައް ބާއްވާފައިވާއިރު ރޭގަނޑު ލައިވް ޕަރފޯމަންސްތައް ވެސް ވަނީ ކުރިއަށްގެންފައެވެ.

މި އިވެންޓުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ލަކީޑްރޯގައި ގުރުއަތުން ހޮވުނު 3 ފަރާތަކަށް ފައިސާގެ އިނާމާއި ގިފްޓްޕެކް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދުއެވެ.