logo
banner image

ވަޒީރު އާދަމް ނަޞީރު އިބްރާހީމް "ހުޅުމާލޭގެ ދިރިއުޅުން"- އެޗް.ޑީ.ސީގެ ފޮޓޯ އަދި ވީޑީއޯ މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފި.

ބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް, 'ހުޅުމާލޭގެ ދިރިއުޅުން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ފޮޓޯ/ވީޑިއޯ މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ހުޅުމާލޭ ފިތުރޯނު ޕާކުގައި މިއަދު ކުރިއަށް ދިޔަ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ ފަޔާޒް މަންޞޫރުގެ އިތުރުން ބޯޑުގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފޮޓޯ މައުރަޒަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި އެޗް.ޑީ.ސީ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި މައުރަޒުގެ ފޮޓޯތައް ތައްޔާރު ކުރުމުގައި ބައިވެރިވި ފޮޓޯ, އަދި ވީޑިއޯކުރާ ފަރާތްތަކުގެ ތެރެއިން ވަނަ ވަނަ އަށް ހޮވުނު އުފެއްދުންތަކަށް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިނާމު ހަވާލުކޮށްފައެވެ. އެންމެ މޮޅު ވީޑިއޯ އުފެއްދުންތަކަށް އިނާމު ޙަވާލުކޮށްދެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

މި މައުރަޒު ހުޅުއްވައިދެއްވުމަށް ފަހު ވަޒީރުވަނީ އެޗްޑީސީގެ އިސްވެރިންގެ އަރިހުގައި މައުރަޒުކޮށްފައިވާ ފޮޓޯތައް ބައްލަވައިލައްވާފައެވެ. މިތަނުގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ މީގެ 21 އަހަރު ކުރިން ފެށިގެން ހުޅުމާލޭގައި މީހުން އާބާދުވުމާއި ތަރައްޤީ ވެގެން އައި ގޮތުގެ ތާރީޚެވެ.