logo
banner image
ޚާރިޖީ ވުޒާރާ

ކެނެޑާގެ އައު ޚާރިޖީ ވަޒީރު އަނީތާ އާނަންދް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ކެނެޑާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަނީތާ އާނަންދް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރުގެ މަޤާމަށް ކަމަނާ ޢައްޔަނުކުރެއްވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާސްތެރިކާމާއެކު ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ.

އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ ދިވެހިން ވަރަށް ޤަދަރުކޮށް އަގުވަޒަންކުރާ ގުޅުމެއްކަމުގައި މި ފުރުޞަތުގައި ފާހަގަކުރަމެވެ. އަދި ކަމަނާގެ ވަޒީރުކަމުގެ ދައުރުގެ ތެރޭގައި ދެ ޤައުމަށްވެސް ފައިދާކުރުވަނިގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި، އަޅުގަނޑުމެންގެ ދެޤައުމުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ކަމަނާ އާއެކު ގާތުން މަސައްކަތްކުރުމަށް އުންމީދުކުރަމެވެ.

އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."