logo
banner image

ހއ. އިހަވަންދޫ ކައުންސިލާއެކު މިނިސްޓްރީން މަޝްވަރާކުރައްވައިފި

ހއ. އިހަވަންދޫ ކައުންސިލާއެކު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މި މަޝްވަރާތައް ބޭއްވުނީ އިއްޔެ (12 މެއި 2025) ގައި މިނިސްޓްރީގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިހަވަންދޫގައި ރަށުފެންވަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމާއި، އެކަމާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުންނެވެ. މީގެ އިތުރުން، ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައާއި، ކުނި މެނޭޖްކުރުމުގެ ކަންތައްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

އަދި ރަށުގެ އަލަށް އާބާދުވާ ސަރަޙައްދަށް ޚިދުމަތްތައް ފޯރުކޮށްދިނުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިގޮތުން ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް އެ ސަރަޙައްދަށް ފޯރުކޮށްދިނުމާ ބެހޭގޮތުން ޚާއްޞަ ސަމާލުކަމެއް ދެވުނެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އިހަވަންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. މި މަޝްވަރާތަކުގެ ސަބަބުން އިހަވަންދޫގެ ތަރައްޤީއަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.