ޖަޕާނުގެ ސަފީރު އިޤްތިޞާދީ ވަޒީރާ ބައްދަލުކުރައްވައިފި
ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެޗް.އީ. އިޝިގާމީ ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވަޒީރު މަޙައްމަދު ސަޢީދު އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
އިޤްތިޞާދީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާއްޞަ އިސްކަމެއް ދެވުނީ އިޤްތިޞާދީ އެއްބާރުލުމާއި އިންވެސްޓްމަންޓްގެ ދާއިރާތަކަށެވެ. ދެ ޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ފައިދާހުރި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ.