logo
banner image
ތަޢުލީމީ ވުޒާރާ

އަމާޒަކީ ކުޑަކުދިންނަށް އަމާން، ރައްކާތެރި، އުފާވެރި ވެއްޓެއް ހޯދައިދިނުން- މިނިސްޓަރ

މިނިސްޓްރީގެ އަމާޒަކީ ސްކޫލް މާހައުލަކީ ކުޑަކުދިންނަށް އަމާން، ރައްކާތެރި، އުފާވެރި ވެެއްޓެއްކަމުގައި ހެއްދެވުން ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖުގައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިކަން ޙާސިލުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އެގޮތުން މުދައްރިސުންނާއި، ބެލެނިވެރީންނާއި، ރަށު ކައުންސިލް އަދި މިނިވަން މުއައްސަސާތައް ގުޅިގެން އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރެއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މިކަން ގުޅިގެން، ހެޔޮ ގޮތުގައި ކުރެވިއްޖެ ނަމަ އަޅުގަނޑުމެންނަށް ހޯދައިދެވޭނީ ކުޑަކުދިންނަށް އުފާވެރި މުސްތަޤުބަލެއް، ބިނާވެގެން ދާނީ ޤައުމާއި އެކު ކުރިއަށް ދާނެ، އޮއްޓަރު ހުރި ޖީލެއް

މިނިސްޓަރ ވިދާޅުވިއެވެ.