އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ބައްދަލުކުރައްވައިފި
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި އަންހެނުން މަސްވެރިކަމުގެ ދާއިރާގައި ބާރުވެރިކުރުމަށާއި، މިދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.
ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ ދާއިރާއިން އަންހެނުން ބިނާކޮށް އެ ދާއިރާގައި އަންހެނުން އަމަލީ ގޮތުން ހަރަކާތްތެރިވުމަކީ، މާލީ ގޮތުން ފުދުންތެރި އަންހެނުން ބިނާކޮށް، އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ބާރަކަށް ވެގެންދާނެއެވެ.
އާބާދީގެ ދެބައިކުޅެ އެއްބަޔަކީ އަންހެނުން ކަމުގައިވާއިރު، މުޖުތަމަޢުގައި އަންހެނުންނަކީ އިޤުތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ ޙާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ.