logo
banner image

މޯލްޑިވިސް ޕޮލިޓެކްނިކްގެ ސްޓްރެޓެޖިކް ޕްލޭން 2025-2028 އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

"އަ ބްލޫ ޕްރިންޓް ފޮރ އެކްސެލެންސް"ގެ ނަމުގައި މޯލްޑިވިސް ޕޮލިޓެކްނިކުން އެ އިދާރާގެ ސްޓްރެޓެޖިކް ޕްލޭން 2025-2028 އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި، ޕޮލިޓެކްނިކްގެ ސްޓްރެޓެޖިކް ޕްލޭން 2025-2028 އިފްތިތާޙްކޮއްދެއްވާފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ.ޢަލީ ހައިދަރެވެ.

މި ސްޓްރެޓެޖިކް ޕްލޭން އަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާކުރުމަށް އަމާޒުކޮށް ކުރިއަށްއޮތް 4 އަހަރުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާތަކުގައި ވަޒީފާ އަދާ ކުރާ ޒުވާނުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުކޮށް، ހަރުދަނާ ވަޒީފާގެ މާހަޢުލެއް ބިނާކުރުމަށް ޕޮލިޓެކްނިކްގެ ފަރާތުން ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. ޕޮލިޓެކްނިކްގެ ސްޓްރެޓެޖިކް ޕްލޭނިންގ ކޮމިޓީ (އެސްޕީސީ)ގެ ދަށުން އެ އިދާރާގެ އެތަށް މުވައްޒަފުންނެއް ވަނީ ޕޮލިޓެކްނިކްގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، އެ ދާއިރާގެ ތަޖުރިބާކާރު އިސްބޭފުޅުންގެ ލަފަޔާއި އިރުޝާދުގެ ދަށުން މި ސްޓްރެޓެޖިކް ޕްލޭން ބަލާ ފާސްކޮއްފައެވެ.

މޯލްޑިވިސް ޕޮލިޓެކްނިކްގެ ސީއީއޯ، ޛޫޝާން ކަމާލުއްދީން ވިދާޅުވީ، އެކަމަނާގެ އަމާޒަކީ މި ސްޓްރެޓެޖިކް ޕްލޭން މެދުވެރިކޮށް ފެންވަރު ރަނގަޅު ތަމްރީނުތަށް ފޯރުކޮއްދިނުމާއި ގްރެޖުއޭޓްވާ ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާކުރުމުގައި ޕޮލިޓެކްނިކުން ޙިއްސާވުމެވެ.