logo
banner image

ރޯދަމަހު ތަކެތީގެ އަގުތައް އެއްހަމައެއްގައި ބެހެއްޓުމަށް ކުރެވުނު މަސައްކަތަށް ވަޒީރު ޝުކުރު އަދާކުރައްވައިފި

މިދިޔަ ރަމަޟާން މަހު ބާޒާރުގައި އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ މުދާ ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ތަކެތީގެ އަގުތައް އެއް ހަމައެއްގައި ބެހެއްޓުމަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަޒީރު ސަޢީދު  ބައްދަލުކޮށް ޝުކުރު އަދާކުރައްވައިފިއެވެ. އެގޮތުން ބިޒްނަސް ކައުންސިލާއި ވިޔަފާރިވެރިން ފޯރުކޮށްދެއްވި އެހީތެރިކަމަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ. 

ކޮންމެ ރަމަޟާން މަހަކުވެސް އަސާސީ ކާބޯތަކެތީގެ އަގު ބޮޑުވުމާއި އެ ތަކެތި ބާޒާރުން ނުލިބުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެފައިވާތީ، މިމައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިސްނުންފުޅާ އެއްގޮތަށް ވަނީ ޙާއްސަ މަސައްކަތްތަކެއް ކުރިޔަށްގެންގޮސްފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޢިޤްތިޞާދާ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވުޒާރާއާއި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އާއި ގުޅިގެންނެވެ. 

އެގޮތުން އިޤްތިޞާދީ ވުޒާރާއިން "އަގުމަގު" ގެ ނަމުގައި އޮންލައިން ޕޯޓަލެއް ވަނީ ތައާރަފްކޮށްފައެވެ. މި ޕޯޓަލްއަކީ ރަމަޟާން މަހަށް ޚާއްސަކޮށް ކާބޯތަކެތީގެ އަގުތައް ފަސޭހަކަމާއެކު ބަލާލުމަށް ތައްޔާރުކޮށްފައިވާ ޚިދުމަތެކެވެ. އަދި އާންމުކޮށް ބޭނުންކުރެވޭ އަސާސީ ކާބޯތަކެތީގެ އަގުތައް ބެލެހެއްޓުމާއި، މި ތަކެތި ބާޒާރުގައި ލިބެންހުރިކަން ކަށަވަރުކުރުމަށްޓަކައި މާލެ ސަރަހައްދުގައި މި ވުޒާރާގެ އިންސްޕެކްޓަރުން މެދުވެރިކޮށް އަގުތައް ބަލައި، މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިޔަށްގެންގޮސްފައިވެއެވެ. 

އަދި އެސްޓިއޯ އިންވަނީ  އަސާސީ ބާވަތްތައް ކަމަށްވާ ފިޔާ އާއި އަލުވި އަދި ބިހާއި ތެލާއި ލޮނާއި އިނގުރާއި ލޮނުމެދު އަދި ލިނބޯއާ ކާށިފަދަ ބާވަތްތައް ރާއްޖެ އެތެރެކޮށް އަގުތަށް އެއްހަމައެއްގައި ހިފަހައްޓާފައެވެ.