މި ވުޒާރާގެ ޕާރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތު ބަދަލުވުމާ ގުޅިގެން
18 އެޕްރީލް 2019 އިން 18 އެޕްރީލް 2025 އަށް މި ވުޒާރާގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި، އަލްފާޟިލާ ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީންގެ މަޤާމުގެ ދަރުއު ހަމަވުމާއި ގުޅިގެން ވަނީ މަޤާމުން ވަކިވެފައެވެ.
އެހެންކަމުން، 19 އެޕްރީލް 2025 އިން ފެށިގެން މި ވުޒާރާގެ ޕާރމަނަންޓް ސެކްރެޓަރީގެ ޒިންމާއާއި މަސްއޫލިއްޔަތާއި ވަގުތީގޮތުން ހަވާލުވެ ހުންނަވާނީ، ސޯޝަލް ސަރވިސް ކޯޑިނޭޓަރ، އަލްފާޟިލާ މަރްޔަމް ސިދްމީން އެވެ.
ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނަވައިގެން އަލްފާޝިލާ ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީން މި ވުޒާރާއަށް އަދާކޮށްދެއްވި އިޚުލާސްތެރި ޚިދުމަތަށް ޝުކުރު ދަންނަވަމެވެ.