logo
banner image
ޞިއްޙީ ވުޒާރާ

އޭއެމްއާރު ސްޓިއަރިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި

އެންޓިމައިކްރޮބިއަލް ރެސިސްޓެންސް (އޭއެމްއާރު) ސްޓިއަރިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުން ޗެއަރ ކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އެވެ.

މި ކޮމެޓީއަކީ 2024 އިން ފެށިގެން 2029 ގެ ނިޔަލަށް އެކުލަވާލާފައިވާ ނޭޝަނަލް އެންޓިމައިކްރޮބިއަލް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ސްޓިއަރިން ކޮމެޓީގެ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ އޭ.އެމް.އާރް ގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި ސިއްޙީ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި ތިމާވެށި މެނޭޖްކުރުމުގެ ދާއިރާއިން އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ.

މި ބައްދަލުވުމުގައި ސްޓިއަރިން ކޮމެޓީގެ މިނިސްޓަރ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް ތޯރިޤް އިބްރާހީމް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިލަމް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ބައިވެރިވަޑަިގެންނެވިއެވެ.

އޭ.އެމް.އާރްގެ މައްސަލަ ޙައްލުކުރުމަކީ ހަމައެކަނި ޢާންމު ސިއްޙަތަށްޓަކައި ކުރާ ކަމެއް ނޫނެވެ.

މި ކޮމެޓީގެ ބޭނުމަކީ، މި މަސައްކަތުގައި ހިއްސާވާ ހުރިހާ ފަރާތްތަކުން ގުޅުންތައް ޤާއިމުކޮށް، ޢިލްމާއި ވަޞީލަތްތައް ހިއްޞާކޮށް، "ވަން ހެލްތު އެޕްރޯޗް" ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އޭއެމްއާރު އިންޓަރވެންޝަންތަކަށް އެހީތެރިވުމަށް މާލީ ގޮތުން އެހީތެރިވުންވެސް ހިމެނެއެވެ.

މިއަދުގެ ބައްދަލުމުގައި އޭއެމްއާރު އާއި ބެހޭ ޕްރެޒެންޓޭޝަނަކާއި އެކު މަލްޓި ސެކްޓަރ އެންގޭޖްމަންޓްގެ މުހިންމުކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގެ މިހާރު އޮތް އޭއެމްއާރުގެ ހާލަތުގެ މިހާރު އޮތް ގޮތުގެ ސްނެޕްޝޮޓެއް ވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ކަމަށް ހުރި ގޮންޖެހުންތަކާއި އެކަމުން އަރައިގަތުމަށް ކުރާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝަވަރާކޮށްފައެވެ.

އޭއެމްއާރު ކޮމެޓީގެ އަމާޒަކީ ސިއްހަތާއި، ދަނޑުވެރިކަމާއި، ތިމާވެށްޓާއި، އިޖުތިމާއީ ދާއިރާތަކުގެ ތެރެއިން އެންމެން އެކުުގައި މަސައްކަތްތަކެއް ކޮށްގެން، މިކަމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އަމަލުކުރާނެ ގޮތަކާއި މެދު ގޮތެއް ނިންމުމެވެ.

އެންޓި މައިކްރޯބިއަލް ރެސިސްޓަންސާ ގުޅޭ ޤައުމީ އެކްޝަން ޕްލޭން (އޭ.އެމް.އާރް) 2024-2029 އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.