logo
banner image

މިހާރު ވުޒާރާއަށް ހުށަހަޅާ މައްސަލަތައް ބަލައިގަންކަމުގެ އެސް.އެމް.އެސް ފޯނަށް!

މި ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުސަދުގައި، ޚިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައި، ލިބުނު ޚިދުމަތުގެ ފެންވަރާއި، އިތުރަށް ރަނގަޅުކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ.

އެގޮތުން، އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ހުށަހެޅިކަން އެފަރާތަށް އެނގޭނެ ގޮތެއް ނެތުމާއި އެ ކަމާގުޅޭ ގޮތުން އަދާހަމަ މަޢުލޫމާތު ލިބުމުގައި ލަސްތަކެއްވާކަމަކީ މި ވުޒާރާއަށް ލިބޭ އެންމެ ބޮޑު އެއްޝަކުވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، އާންމުންގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް މި ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަމިއްލަ ފަރާތްތަކުން މި ވުޒާރާއަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ، ހުށަހަޅާ ލިޔެކިޔުމުގައި ބަޔާންކޮށްފައިވާ ފޯނުނަންބަރަށް އެސް.އެމް.އެސްގެ ޒަރީޢާއިން އިން ލިބޭނެ ނިޒާމެއް މިހާރު ވަނީ ތަޢާރަފުކުރެވިފައެވެ.

މި ވުޒާރާއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންނާއި ގާތުން، ލުއިފަސޭހަ ވާނެހެން، އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށެވެ.