ޓިކްޓޮކް އިސްވެރިން ބްރޯޑްކޮމް މޯލްޑިވްސްއާ ބައްދަލުކުރައްވައިފި
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވުޒާރާއިން އިންތިޒާމުކޮށްގެން ޓިކްޓޮކްގެ އިސްވެރިން ރާއްޖެއަށް ކުރި ޒިޔާރަތުގެ ތެރެއިން، ބްރޯޑްކޮމް މޯލްޑިވްސްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތަކަކީ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެކެވެ.
އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެކެވެ.