logo
banner image
ޞިއްޙީ ވުޒާރާ

ގްލޯބަލް ހެލްތު ޑިޕްލޮމަސީ ޓްރެއިނިންގ އެއް ފަށައިފި

ރާއްޖެއިން ބައިވެރިވާ ބައިނަލް އަޤްވާމީ ޞިއްހީ ފޯރަމްތަކާއި ވޯރކްޝޮޕްތަކާއި މަތީފަންތީގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ބޭނުންވާ ހުނަރުތައް މުވައްޒަފުންނަށް ދަސްކޮށްދިނުމަށް "ގްލޯބަލް ހެލްތު ޑިޕްލޮމަސީ" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިމަހުގެ 21 ން ފެށިގެން 24 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގެ މަޤްޞަދަކީ ބައިނަލް އަޤްވާމީ ޕްލެޓްފޯމް ތަކުގައި ހުށަހަޅާ އިންޓަރވެންޝަންތަކާއި ލިޔެކިޔުންތައް ތައްޔާރުކުރުމުގެ ގާބިލްކަން މިިނިސްޓްރީގެ މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމެވެ.

މި ތަމްރީނުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ އެކި އެކި ސެމިނަރ، ވޯރކްޝޮޕް އަދި ފޯރަމްތަކުގައި ބައިވެރިވާ ޞިއްހީ ދައިރާގެ ވަފްދުތައް މަޝްވަރާތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންތަކާއި، މަޝަވަރާތައް މޮނިޓަރ ކުރުމަށް ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގައި މަޝަވަރާކުރާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ޞިއްހަތައި ބެހޭ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އެހެނިހެން ދާއިރާތައް ބައިވެރިކޮށްގެން މަސައްކަތް ކުރާނެ ގޮތް އޮޅުންފިލުވައިދިނުމަށ ްވަނީ ހަމަޖެހިފައެވެ.

ތަމްރީނުގައި ކިުަވައިދެއްވާނީ ތައިލޭނޑްގެ މިނިސްޓްރީ އޮފް ހެލްތުގެ ފަންނީ ބޭފުޅުންތާއި ރާއްޖޭގެ މިދާއރާގެ ފަންނީ ބޭފުޅުންނެވެ.

މިފަދަ ޕްރޮގްރާމެއް އެންމެ ފަހުން ހިންގާފައިވަނީ 2016 ވަނަ އަހަރުގައެވެ. އެފަހަރު 38 ބައިވެރިން ތަމްރީން ފުރިހަމަކޮށްފައިވެއެވެ.