އޭޕްރިލް މަހުގެ 20 ވަނަ ދުވަހުން އޭޕްރިލް 24 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީގެ ހަފްތާ ކަލަންޑަރު
2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުން އޭޕްރިލް 24 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.
މިގޮތުން 20 އޭޕްރިލް ވާ އާދިއްތަ ދުވަހުގެ 11:30 އިން 12:30 އަށް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ކުރިއަށްދާނެއެވެ. ހަމައެއާއެކު، އިސްރަށްވެހިންނަށް ޚާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމް އެދުވަހުގެ 16:00 އިން 17:00 އަށް، އަދި ލުއި ކަސްރަތު ކްލާސް 17:00 އިން 18:00 އަށް ކުރިއަށް ގެންދެވޭނެއެވެ.
21 އޭޕްރިލް ވާ ހޯމަ ދުވަހުގެ 15:30 އިން 16:30 އަށް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދުވަސްވީ އުމުރުފުރާގެ މީހުންނަށް މީހުންނަށް ދިމާވާ ޞިއްޙީ މައްސަަލަތަކާބެހޭ ގޮތުން އައި.ޖީ.އެމް.އެޗް ގެ ޑޮކްޓްރު، ޑރ. މުހައްމަދު އަލީ ދެއްވާ ޚާއްސަ މަޢުލޫމާތު ސެޝަަނެއް މިދުވަހުގެ 16:15 އިން 17:30 އަށް ކުރިއަށްދާނެއެވެ.
22 އޭޕްރިލް ވާ އަންގާރަ ދުވަހުގެ 11:30އިން 12:30 އަށް ވެސް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ކުރިއަށްދާނެއެވެ. އަދި 14:00އިން 15:30 އަށް ހޭންޑިކްރާފްޓް ކްލާހާއި، 16:00 އިން 17:00 އަށް ދުޅަހެޔޮ ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، ޕެންޝަން އޮފީހުން ކުރިއަށް ގެންދާ ޑިޖިޓަލް ލިޓްރަސީ ސެޝަނެއްވެސް މިދުވަހުގެ 17:15 އިން 18:15 އަށް ކުރިއަށްގެންދާނެއެވެ.
އެއަށްފަހު، ހަފްތާގެ ބުދަ ދުވަހުގެ ހަވީރު 15:30 އިން 16:15 އަށް ޤުރުއާން ކްލާސް، އަދި 16:00އިން 16:45 އަށް އިސްރަށްވެހިންނަށް ޚާއްސަ “ގޯލްޑް” ކަސްރަރު ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ. އަދި 17:00 އިން 18:00 އަށް ހަފްތާ ސައި ކުރިއަށް އޮންނާނެއެވެ.
ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ 16:00 އިން 17:30 އަށް، އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކާބެހޭ ހޭލުންތެރި ކުރުމުގެ ސެޝަނެއް ކުރިއަށްދާނެއެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.