ސެއިލްސް ޕްރޮޖެކްޓުގެ އަޕްސްކްލިންގ ޕްރޮގްރާމް ލޯންޗްކޮއްފި
މި މިނިސްޓްރީ އިން ވާރލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން ފަށާ އަޕްސްކްލިންގ ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ބޭނުންވާނެ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ މަގުފަހިކޮށްދިނުމަށް ކޮށޭ މަގެކެވެ.
އަޕްސްކްލިންގ ޕްރޮގްރާމުތަކުގެ އެއް އަމާޒަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ "ދިވެހިންނަށް ޚާއްޞަ އަދި ދިވެހީންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމަށް" ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ޒުވާން ޤާބިލު ލޭބަރ ފޯސްއެއް ތައްޔާރުކުރުމެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ފޮރިންގ ލެންގްއޭޖު ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މެންޑަރިން، ފްރެންޗް، ސްޕެނިޝް އަދި ރަޝިޔަން ފަދަ ބަސްބަހުން މުޢާމަލާތް ކުރުމުގެ ހުނަރު ދަސްކޮށްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާނެއެވެ. ހަމަ މިއާއެކު، ދެމެހެއްޓެނިވި އަދި އިއާދަކުރުވަނި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުކުރުމަށް ސަކުރާކުރުން ފަށައިފައިވާ މަސައްކަތަށް ބޭނުންވާނެ ހުނަރުވެރިން ތަމްރީންކުރުމަށާއި އަދި ގްރީން ވާރކް ފޯސްއެއް ބިނާކުރުމަށް ހާއްސަ ތަމްރީނުތަކެއް މި ޕްރޮގްތާމުގައި ހިމެނިފައިވާނެއެވެ.
މިގޮތުން އެޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ ތަމްރީންތަކަކީ؛
ސެޓްފިކެޓް 3 އިން މެރިން މެކޭނިކް
ސެޓްފިކެޓް 3 އިން ރިނިއުބަލް އެނަޖީ ސިސްޓަމްސް އެންޑް މެއިންޓަނަންސް
ސެޓްފިކެޓް 3 އިން ގެސްޓްހައުސް މެނޭޖުމަންޓް
ސެޓްފިކެޓް 3 އިން ސްނޯކްލިންގ ގައިޑް
ބޭސިކް ޗައިނީސް ލެންގްއޭޖް (ޓްއަރިޒަމް)
ސެޓްފިކެޓް 3 އަކުއަރޓިކް ރިކްރިއޭޝަން
ސެޓްފިކެޓް 3 މޭކަޕް އެންޑް ބިއުޓީ ކެއަރ
މި ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވަނީ މާލެ އާއި އަތޮޅުތެރޭގައެވެ.