ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުނަށް ލިޔުން ޙަވާލުކޮށްފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން "ޕްރޮފެޝަނަލް އެކައުންޓެންޓްސް ތްރެއިނިންގ ސްކޮލަޝިޕް 2024"ގެ ނަމުގައި ހުޅުވާލެވުނު ސްކޮލަޝިޕަށް ހުށަހަޅައި، ހޮވުނު ފަރާތްތަކަށް ލިޔުން ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސެންޓްރަލް ހޯލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، 39 ދަރިވަރުން ބައިވެރިވެފައިވާއިރު، ސްކޮލަޝިޕަށް ހޮވިފައިވަނީ ޖުމްލަ 100 ދަރިވަރުންނެވެ.
މި ސްކޮލަރޝިޕްގެ ދަށުން، އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް ،ޕްރޮފެޝަނަލް ލެވެލް އަދި ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް ހިމެނޭހެން ދަރިވަރުންނަށް ތަމްރީނުވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
14 އޭޕްރީލް 2025 ވީ ހޯމަ ދުވަހު، ބޭއްވުނު މި ރަސްމިއްޔާތުގައި، ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންގެ ތެރެއިން ބައިވެރި ނުވެވުނު ފަރާތްތަކަށް މި ވުޒާރާއަށް ދުރުވެ، ސްކޮލަރޝިޕަށް ހޮވުނުކަމުގެ ލިޔުން ބަލައިގަނެވޭނެއެވެ.