logo
banner image

ކުޅުފުއްފުށީގައި ފެށި ޕްރޮޖެކްޓު މެނޭޖްމަންޓް ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ޔޫތު މިނިސްޓްރީން ހދ. ކުޅުދުއްފުށީގައި ޕްރޮޖެކްޓު މެނޭޖްމަންޓް ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި މަހު 14 އިން 15އަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ކުޅުދުއްފުށީގެ މަދަނީ ޖަމްއިއްޔާތަކާއި، ކައުންސިލް، ޑަބްލިޔުޑީސީ އަދި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށް ފެށި ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް 17 މީހަކު ވަނީ ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމަކީ އިޖްތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމުގެ ގޮތުން މަދަނީ ޖަމްއިއްޔާތަކުން ރަށްފެންވަރުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޖަމްއިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމާއި، މަދަނީ ޖަމްއިއްޔާތަކުގެ ގަވާއިދާއި ގާނޫނަށް އަހުލުވެރިކުރުމާއި، މުޖުތަމައު އެއްބައްވަންތަ ކުރުމާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.