ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ހުރި އައިސްޕްލާންޓްތައް މިފްކޯގެ ބެލުމުގެ ދަށަށް މިއަދު ބަދަލުކޮށްފި
ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ހުރި އައިސްޕްލާންޓްތައް މިފްކޯގެ ބެލުމުގެ ދަށަށް މިއަދު ބަދަލުކޮށްފިއެވެ.
ފެނަކައިން އަތޮޅުތެރޭގައި ހިންގަމުންއައި 14 އައިސް ޕްލާންޓެއް މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުކޮށް މިކަމުގެ އެއްބަސްވުމުގައި މިއަދު މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވްއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހެވެ.
މި އެއްބަސްވުމުގެ ދަށުން ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، އަދި ގދ. ފިޔޮރީގެ އިތުރުން ސ. ހިތަދޫގެ އައިސްޕްލާންޓް މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުވެގެންދާނެއެވެ.
ފެނަކައިގެ ބެލުމުގެ ދަށަށް 14 ރަށެއްގައި ހުރި އައިސްޕްލާންޓްތައް ބަދަލުކޮށްފައިވަނީ އެތަންތަން ހިންގުމުގައި ފެނަކައަށް މާލީގޮތުން ހުރި ގޮންޖެހުންތަކުގެ ސަބަބުންކަމަށް ސަރުކާރުން ބުނެއެވެ. ފެނަކައިގެ ދަށުގައި ހުރި އައިސްޕްލާންޓްތައް މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރިއިރު މީގ ެތެރެއިން ގިނަ ތަންތަން ހުރީ ހުއްޓިފައެވެ. ފެނަކައިގެ މާލީ ހާލަތުި ދަށްވެފައިވާއިރު، އެކުންފުނިން ހިންގަމުން އަންނަ އައިސްޕްލާންޓްތަކުން އައިސްނުލިބުމުގެ ޝަކުވާ އަބަދުވެސް މަސްވެރިން ކުރެއެވެ