ހުޅުލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން ސާފުކުރުމަށް، އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފި
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާލު، ހުޅުލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން ސާފުކުރުމަށް، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 15:20 ހާއިރުއެވެ.
ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެ ސަރަހައްދަށް ގޮސް ފަޅުތެރެއަށް އެޅިފައިވާ ތެޔޮތައް ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.