logo
banner image
ދިފާޢީ ވުޒާރާ

ހުޅުމާލެ، ފޭސް 1ގެ ފަޅު ގޯއްޗެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ހުޅުމާލެ، ފޭސް 1ގެ ފަޅު ގޯއްޗެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަން މި ހާދިސާގެ މަޢުލޫމާތު މިއަދު 11:34 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 11:40 ހާއިރުއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ފޭސް 1 ގެ ލޮޓް ނަންބަރު 10063 އާއި ލޮޓް ނަންބަރު 10064 ދެމެދަށް ވާގޮތަށް އެ ސަރަހައްދުގައި ހުރި ލަކުޑި ފަދަ ކުނިތަކެއްގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.