"ރޯދަ ސާފު" ހަރަކާތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވެއްޖެ
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ދިވެހިބަހާއި ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ "ރޯދަ ސާފު" ހަރަކާތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވެއްޖެއެވެ.
ރޯދައަށް މާލެ ސިޓީ ސާފުކުރުމަށް، މާލެ ސިޓީގައި މިއަދު ހެނދުނު 06:00 އިން 11:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މާލެ އޭރިއާ ކޮމާންޑްގެ ސިފައިންގެ އިތުރުން ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި މާލެ ސިޓީގައި އާންމުން އެއްވެ އުޅޭ އެކިއެކި ސަރަހައްދުތަކުން ޕްލާސްޓިކް ފުޅިއާއި ގިނަ ޢަދަދެއްގެ އެހެނިހެން ކުނިތައް ނަގައި އެ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ.