logo
banner image
ދިފާޢީ ވުޒާރާ

މާމިގިލި ގޮނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާމިގިލި ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

އދ.މާމިގިލި ކުނިގޮނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަރ ސްޓޭޝަނަށް މިއަދު 17:36 ހާއިރު ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، 19:25 ހާއިރު އަލިފާން ކޮންޓްރޯލްކޮށް، 20:10 ހާއިރު އަލިފާން ވަނީ އެއްކޮށް ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.