ހިތަދޫ ނޫރާނީ ސްކޫލު ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި
އައްޑޫ ސިޓީ ހިތަދޫ، ނޫރާނީ ސްކޫލު ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު މިއަދު މެންދުރު 12:20 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެއްކޮށް އަލިފާން ނިއްވާލެވިފައިވަނީ 12:30 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.