logo
banner image
ޚާރިޖީ ވުޒާރާ

އިނގިރޭސިވިލާތުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

4 ފެބުރުވަރީ 2025

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނިކޮލަސް ޑޭވިޑް ލޯ މިއަދު އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ސަފީރު ނިކޮލަސް ލޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް މިއަދު ހެނދުނު އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ތަޢުލީމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ސަފީރު ނިކޮލަސް ލޯ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި އިނގިރޭސިވިލާތާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެރުއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑޮކްޓަރ ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ޙަމީދު އާއި އެމްބެސަޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދު އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމްގެ އިތުރުން ޗީފްް ޑެސްކް އޮފިސަރ އާމިނަތު ޝައިސްތާ ހަމްދާން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމުނީ.