ޢިމާރާތްކުރުމުގެ ދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ވިލާ ކޮލެޖުގައި ސެޝަނެއް ބާއްވައިފި
ޢިމާރާތްކުރުމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިލާ ކޮލެޖުގައި ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ނަޒީމްގެ އަގުހުރި ބަސްކޮޅަކުންނެވެ.

މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި އާކިޓެކްޓް އަޙްމަދު ޖިނާން އަދި އިންޖިނިއަރ ފާޠިމަތު ސައިނާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ސެޝަނަކީ ޢިމާރާތްކުރުމުގެ ދާއިރާގައި ހުރި ގިނަގުނަ ފުރުޞަތުތަކާއި ބެހޭ މުހިންމު މަޢުލޫމާތު ދަރިވަރުންނާއި ހިއްސާކުރުމަށް ބޭއްވޭ ސިލްސިލާ ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަނެވެ. މި ސެޝަންތަކުގެ މަޤްޞަދަކީ ޢިމާރާތްކުރުމުގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މި ދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ކެރިއަރ ޕާތްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މިފަދަ ސެޝަންތަކުން ދަރިވަރުންނަށް މުސްތަޤްބަލުގައި އިޚްތިޔާރުކުރާނެ މަސައްކަތުގެ ދާއިރާ ކަނޑައެޅުމަށް އެހީތެރިވެދޭނެކަން މިނިސްޓްރީއިން ފާހަގަކުރެއެވެ.
