logo
banner image

ގދ. ހޯނޑެއްދޫގެ ފެނާއި ނަރުދަމާ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގދ. ހޯނޑެއްދޫގެ ފެނާއި ނަރުދަމާ މަޝްރޫޢު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ.   މި މަޝްރޫޢަކީ ހޯނޑެއްދޫ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާފައިވާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ގދ. ހޯނޑެއްދޫގައި ވަނީ 75 ޓަނުގެ 2 އާރްއޯ ޕްލާންޓް ޤާއިމުކޮށްފައެވެ. މީގެ އިތުރުން، 440 ކޮޑި މީޓަރުގެ ބޯފެން ރައްކާކުރާ 2 ޓޭންކް ވެސް ވަނީ ބަހައްޓާފައެވެ. ރަށުގެ ހަކަތައިގެ ބޭނުންތަކަށް 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމެއް ވެސް ވަނީ ޤާއިމުކޮށްފައެވެ. ނަރުދަމާގެ ނިޒާމުގެ ތެރެއިން، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން 5 ނަރުދަމާ ޕަންޕިންގ ސްޓޭޝަން ވެސް ވަނީ ރަށުގައި ޤާއިމުކޮށްފައެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ރައްކާތެރި ގޮތެއްގައި ސާފު ބޯފެން ލިބުމާއި، ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން އުއްމީދުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢު އިފުތިތާހް ކޮއްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢަކީ ރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ޞިއްޙީ ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އެހެން ރަށްރަށުގައި މިފަދަ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.