އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލް ގުޅިގެން ކ.ގުރައިދޫގައި ފަސްޓްއެއިޑް ޕްރޮގްރާމެއް ފަށައިފި
ކ. ގުރައިދޫ ޕޮލިހުން އިސްނަގައިގެން ހިންގާ ހަރަކާތެއްގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުން ގުޅިގެން ކ.ގުރައިދޫގައި ފަސްޓްއެއިޑް ޕްރޮގްރާމެއް ފަށައިފިއެވެ.
މި މަހުގެ 20 އިން 26 އަށް ކުރިއަށްދާ އެ ޕްރޮގްރާމު ނިމޭއިރު، ސްޓޭންޑެޓް ފަސްޓްއެއިޑް ކޯހުގެ އިތުރުން ސީޕީއާރު އޭއީޑީ ކޯސް، ބައިވެރިންނަށް ފުރިހަމަކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ކ.ގުރައިދޫ ޕޮލިހުން އިސްނަގައިގެން، އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އޭގެ އިތުރުން، ކ.ކާށިދޫ، ކ.ތުލުސްދޫ، ކ.ހިންމަފުށި އަދި ކ.މާފުށީ ޕޮލިހުންނާއި، ކ. ކާށިދޫ ކައުންސިލުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެރިވެއެވެ. ކ.ގުރައިދޫން ޕްރޮގްރާމުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރޭގައި، އެ ރަށުގައި ހުންނަ ހޯމް ފޮރ ޕީޕަލްސް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން)، ގުރައިދޫ ޕޮލިސް، ގުރައިދޫ ހެލްތު ސެންޓަރ، ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ގުރައިދޫ ސްކޫލު ސްކައުޓުން ހިމެނެއެވެ.
މި ޕްރޮގްރާމްގައި 34 ބައިވެރިން ބައިވެރިވާ އިރު، މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރި ވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ.