logo
banner image
ދިފާޢީ ވުޒާރާ

މާލެ ފަޅުތެރެއަށް ދިޔަވެ އަޑިއަށް ދިޔަ ލޯންޗެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެންމަތިކޮށްފި

މާލޭގެ ދެކުނު ފަރާތު ފަޅުތެރޭ، ވިލާ ގޭސް އާ ދިމާލު އެއްގަމު ތޮށީގައި އަޅާފައި ވަނިކޮށް ދިޔަވެ އަޑިއަށްދިޔަ ލޯންޗެއް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންގެ އެހީތެރިކަމާ އެކު ފެންމަތިކޮށްފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ (ޖަނަވަރީ 21 ވަނަ ދުވަހުގެ ރޭ) 19:47 ހާއިރުއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އެ ސަރަހައްދަށް ގޮސް ލޯންޗު ފެންމަތިކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ސިފައިން ކުރި މަސައްކަތުން އެ ލޯންޗް ފެންމަތިކުރެވިފައިވަނީ ރޭގެ 22:00 ހާއިރުއެވެ.